ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި، ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/IU/2016/04 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ، ބަޔާންކުރެވިފައިވާ ނަންބަރު އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާ ބެހޭ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތުދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 10:00 އެވެ.
ބީލަން ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ބީލަން ހުށަހަޅާއިރު، ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރަންވާނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫސިޓީ / ދިވެހިރާއްޖެ
ޓެންޑަރކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ މިންގަނޑުތަކަށް ރިޢާޔަތްކުރެވޭނެއެވެ.
ހ- ށ- |
ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ބީލަން ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަން |
15 ޕޮއިންޓް 15 ޕޮއިންޓް |
ނ- |
މަސައްކަތްކުރުމަށް ހުށަހަޅާ އަގު |
70 ޕޮއިންޓް |
|
ޖުމްލަ ޕޮއިންޓް |
100 ޕޮއިންޓް |
18 ޛުލްޤަޢިދާ 1437