| 
 ހުށަހަޅަންޖެހޭ ތަކެތި: 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު) 
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ސްކޫލްގެ އިދާރާއިންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު) 
- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުކެ އޮފިހަކުން އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު.) 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއުލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހެއްގެ ތައްގަނޑު ޖަހާފައިވާ އަސްލު) 
- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ އެވަޒީފާއިން މި ސްކޫލްގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން. 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން: 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރުބާއަށް ބެލުމަށްފަހު 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 
އިންޓަރވިއުކުރުން:          
- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިއުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.   
ނޯޓު: 
- މި މަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ސޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ. 
- މި އިޢުލާނުގެ ކޮޕީއެއް ސްކޫލްގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. 
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.  
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2016 ގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ދަރުމަވަންތަ ސްކޫލްގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 
އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324495 ނަންބަރު ފޯނާ ފޯނާއެވެ. 
 |