މަސައްކަތް
ނަންބަރު: 288/2016/54
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 28 އޮގަސްޓް 2016 13:30
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓަކާއި ނެޓްބޯޅަކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނ.ކުޑަފަރީގައި ވޮލީކޯޓަކާއި ނެޓްބޯޅަކޯޓެއް އެޅުމާގުޅޭ

މިރަށުގެ ސްޕޯޓްސް އެރީނާ ސަރަޙައްދުގައި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ވޮލީކޯޓަކާއި ނެޓްބޯޅަކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގަށް  %80

މަސައްކަތުގެ މުއްދަތަށް % 10

މަސައްކަތާ ގުޅޭ ތަޖުރިބާއަށް  %5

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް  %5

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016