ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/211
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 31 އޮގަސްޓް 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕް

މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު:   އެސިސްޓެންޓް ސޭލްސް ރެޕް ގރ. 1

އަދަދު:    1

މުސާރަ: މަހަކު -/3380 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (4 މަސް ދުވަސް)

މަސައްކަތް ކުރަންޖެހޭތަން:  އެސްޓީއޯ ލ. ފޮނަދޫ ފިހާރަ – ރީޖަނަލް ސޭލްސް

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ޑިޕާޓްމަންޓުތަކުގެ ބޭނުމަށް ހަދަން ޖެހޭ އެކިއެކި ރިޕޯޓުތައް އެކުލަވައިލުން.

* ކްރެޑިޓް ކަސްޓަމަރުންގެ ރެކޯޑްސް ބެލެހެއްޓުމާއި ސްކީމުގެ ރެކޯޑްސް ބެލެހެއްޓުން

* ހަރުގަނޑުތަކުގައި މުދާ އެތުރުމާއި، ސްޓޮކް ގުނުމާއި އަދި މުދަލުގައި އަގު ޖެހުން

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ. އޯލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހި މާއްދާއިން "ސީ" ފާހެއް ނުވަތަ އެއަށް ވުރެއް މަތީ ފާހެއް އޮތުން

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

* ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 

* ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މީހުންނާ މުޢާމަލާތުކުރަން އެނގުން

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު އެސްޓީއޯ ލ. ފޮނަދޫ ފިހާރައަށްް ނުވަތަ އެސްޓީއޯ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 ހެޑް އޮފީސް އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯނު:33344333، 3344273      ފެކުސް:3344341 ވެބްސައިޓު: www.sto.mv
  • އީމެއިލް: [email protected]
24 އޮގަސްޓް 2016