ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 88-LS/88/2016/30
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 13 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވޭތޯ ބެލުން

އިޢުލާން

ޓޫރިސްޓު ރިޒޯޓެއް ތަރައްޤީކުރުމަށް މި މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ކ. ނަކައްޗާހުރާ، ލީސް އެގްރީމަންޓުގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެންފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާތީ، އެ ރަށާމެދު އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ، މި އިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މި މިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އީމެއިލުން ހުށަހަޅާކަމުގައިވަނީނަމަ، [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016