މަސައްކަތް
ނަންބަރު: GS78/IULAAN/2016/21
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 31 އޮގަސްޓް 2016 13:20
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ޖެމްސް ނެޓްވާރކް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މަދަރުސާގެ ޖެމްސް ނެޓްވާރކް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

ހއ.ކެލާ މަދުރަސަތުއްޝައިޚު އިބްރާހީމުގެ ޖެމްސް ނެޓްވާރކް ކޭބަލް ހއ.ކެލާ ކައުންސިލް އިދާރާއިން ފެށިގެން މި މަދަރުސާއަށް 2 (ދޭއް) ފޫޓު ފުންމިނުގައި މަގުމަތީގައި ކޯރު ކޮނެ ވަޅުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް 20 ޖުލައި 2016 ގައި ކުރެވުނު ނަންބަރު GS78/IULAAN/2016/19 އިޢުލާނަށް ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ، މިދެންނެވި އިޢުލާން ބާޠިލު ކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:20

2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 13:20

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

21 އޮގަސްޓް 2016