ޢާންމު މަޢުލޫމާތު
ނަންބަރު: (A)AC-2016/101
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:49
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތެރިވާ ޓްރެއިނަރުންނަން ހިންގުމަށް ހަމަޖެހިފައިވާ ޓީ.އޯ.ޓީ ޓްރެއިނިންގ ޕްރޮގްރާމްތައް ފަސްކުރުމާބެހޭ

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތެރިވާ ޓްރެއިނަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޓީ.އޯ.ޓީ ޓްރެއިނިންގ ޕްރޮގްރާމްތައް ފަސްކުރުމާބެހޭ

މި ކޮމިޝަނުގެ ނަންބަރުު (A)AC-2016/44 (8 ޖޫން 2016) އަދިި (A)AC-2016/66 (28 ޖޫން 2016) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތެރިވުމަށް ނަގާ ޓްރެއިނަރުންނަށް 2016 އޮގަސްޓު 30 އިން 2016 ސެޕްޓެންބަރު 5 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ޕްރޮގްރާމުތައް ފަސްކުރެވިފައިވާ ވާހަކަ، މިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ޓްރެއިނިންގ ދެން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވަނީ 2016 ޑިސެންބަރު 24 އިން 28 އަށް މާލޭގައެވެ.

އިސްވެ ދެންނެވުނު 2 އިޢުލާނާ ގުޅިގެން މިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް އޮކްޓޯބަރު މަހުގެ 2 ވަނަ ހަފުތާގެ ތެރޭގައި އެކަން އަންގާނެވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.  

 19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016