މަސައްކަތް
ނަންބަރު: GS112/IUL/2016/06
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 29 އޮގަސްޓް 2016 14:00
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ތްރީފޭސް ކަރަންޓް ބަދަލުކުރުމާއި ސްކޫލުގެ މައިކޭބަލްތައް ބަދަލުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތްރީފޭސް ކަރަންޓް ބަދަލުކުރުމާއި، ސްކޫލުގެ މައިކޭބަލްތައް ބަދަލުކުރުމަށް ކުރި މި ސްކޫލުގެ ނަންބަރު GS112/IUL/2016/05 (1 އޮގަސްޓު 2016) އިޢުލާނަށް ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މި ސްކޫލުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާއި، މައިކޭބަލްތައް ބަދަލުކޮށްދިނުމަށް އަލުން ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އިޢުލާންކުރީމެވެ.

މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މުޢާމަލާތް

ތަން

ތާރީޚު

ގަޑި

މަޢުލޫމާތު ދިނުން

ޅޮހީސްކޫލް

29 އޮގަސްޓު 2016 (ހޯމަ)

މެންދުރުފަހުގެ 2:00

އަންދާސީހިސާބު ހުށަހެޅުއްވުން

ޅޮހީސްކޫލް

4 ސެޕްޓެންބަރު 2016 (އާދީއްތަ)

މެންދުރުފަހުގެ 2:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

22 އޮގަސްޓް 2016