ވަޒީފާގެ ފުރުޞަތު
ނަންބަރު: 138-PIS2/138/2016/123
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 22 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ސައިޓް ސުޕަވައިޒަރ

މަޤާމް :ސައިޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސައިޓް ސުޕަވައިޒަރ (ލޯކަލް) - ކިންގް ސަލްމާން މިސްކިތް ޕްރޮޖެކްޓް

މި މިނިސްޓްރީއިން ކުރެވުނު އިޢުލާން ނަންބަރު (IUL)138-PISI/138/2016/78 ގައި ވާ މަޤާމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތް" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މި މިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމުކުރާތީ، މި ޔުނިޓަށް ސައިޓް ސުޕަވައިޒަރުގެ މަޤާމަށް މީހަކު ބޭނުންވެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 1,000 އެމެރިކާ ޑޮލަރާއި އެއްވަރުގެ އުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 24 މަސްދުވަހެވެ.

ވީމާ، ސައިޓް ސުޕަވައިޒަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އަދި ސީ.ވީ ފޯމެޓް މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300    ފެކްސް:3004301

އީ-މެއިލް: [email protected]    ވެބްސައިޓް: www.housing.gov.mv

20  ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016