ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 138-PIS2/138/2016/117
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 22 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ޕްރޮޖެކްޓް މެނޭޖަރ

މަޤާމް :ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު :1

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް މެނޭޖަރ (އިންޓަނޭޝަނަލް/ލޯކަލް) - ކިންގް ސަލްމާން މިސްކިތް ޕްރޮޖެކްޓް

މި މިނިސްޓްރީއިން ކުރެވުނު އިޢުލާން ނަންބަރު (IUL) 138-PISI/138/2016/79 ގައިވާ މަޤާމަށް އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޓީ.އޯ.އާރް އިޞްލާޙުކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތް" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މި މިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމުކުރާތީ، މި ޔުނިޓަށް ޕްރޮޖެކްޓް މެނޭޖަރ ގެ މަޤާމަށް މީހަކު ބޭނުންވެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 3,500 އެމެރިކާ ޑޮލަރާ އެއްވަރުގެ އުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 24 މަސްދުވަހެވެ.

ވީމާ، ޕްރޮޖެކްޓް މެނޭޖަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އަދި ސީ.ވީ ފޯމެޓް މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300    ފެކްސް:3004301

އީ-މެއިލް: [email protected]    ވެބްސައިޓް: www.housing.gov.mv

20 ޛުލްޤަޢިދާ 1437

 

23 އޮގަސްޓް 2016