ދިވެހިރާއްޖެ
މަޤާމް :ސިވިލް އިންޖިނިއަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ސިވިލް އިންޖިނިއަރ (އިންޓަރނޭޝަނަލް/ ލޯކަލް) - ކިންގ ސަލްމާން މިސްކިތުގެ ޕްރޮޖެކްޓް މި މިނިސްޓްރީން ކުރެވުނު އިޢުލާން ނަންބަރު (IUL) 138-PISI/138/2016/81 ގައިވާ މަޤާމަށް އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގ ސަލްމާން މިސްކިތް" ގެ މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މި މިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމުކުރާތީ، މި ޔުނިޓަށް ސިވިލް އިންޖިނިއަރުގެ މަޤާމަށް މީހަކު ބޭނުންވެއެވެ. މިމަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 3,000.00 އެމެރިކާ ޑޮލަރާ އެއްވަރުގެ އުޖޫރައެއް ދިވެހިރުފިޔާއިން ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 24 މަސްދުވަހެވެ. ވީމާ، ސިވިލް އިންޖިނިއަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ. މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އަދި ސީ.ވީ ފޯމެޓް މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީމަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004300 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 20 ޛުލްޤަޢިދާ 1437 |