ވަޒީފާގެ ފުރުޞަތު:
|
ޕްރޮކިއުމަންޓް އޮފިސަރ
|
މަޤާމު
|
އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު -/6000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ
- އެޓެންޑެންސް އެލަވަންސް: މަހަކު -/3000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ޕްރޮކިއުމަންޓް ޑިޕާޓްމެންޓް
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި ޕްރޮކިއުމަންޓުގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި ޕްރޮކިއުމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލެއްގައި މަސައްކަތްކޮށްފައިވުން
|
މަޤާމުގެ ޝަރުޠުތައް
|
- ކޯޕަރޭޝަނަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބްލްސް އަދި އެސެޓް ފަދަ ތަކެތީގެ ތެރެއިން ކޯޕަރޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ހޯދަންޖެހޭ ތަކެތި ގަތުން.
- ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- މާލިއްޔަތުގެ ޤާނޫނާއި ސްޕޯޓްސް ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަކެތި ހޯދުމުގެ މަސައްކަތްކުރުން.
- ގަނެގެން ގެނެވޭ ތަކެތީގެ ފެންވަރު ބެލުމާއި، ކޮލިޓީ ތަކެތި ގަތުމަށް ބާރުއަޅައި މަސައްކަތްކުރުން.
- ތަކެތި ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންޓެކްޓުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރކުރުމާއި، އެ މުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް ނިންމުން.
- ކޯޕަރޭޝަނުގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވާއިދުން ރެކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކޯޕަރޭޝަނުގެ ޑިޕާޓްމަންޓްތަކުން އަދި ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ލިޔުންތައް ލިބުމުން އެންޓްރީކޮށް އަޕްޑޭޓްކުރުން. އަދި ކޯޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުން
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ކޯޕަރޭޝަނުގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އިމްތިޙާނު ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލުކަން ހުރި މިންވަރު
- ޕްރޮކިއުމަންޓުގެ މަސައްކަތްތައް ހިންގުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
29 އޮގަސްޓު 2016 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 3:00 އަށް) ގުޅާނީ، 7826050 ނުވަތަ 3336725 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
20 ޛުލްޤަޢިދާ 1437
|