ދިވެހިރާއްޖެ
އިޢުލާން
އެއަރކޮންޑިޝަން މަރާމާތު ކުރުން
މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާ ބިލްޑިންގ 2 ގެ 5 ފަންގިފިލާއާއި މި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ މ. ގޯލްޑަންސަންބީމުގައި ހުރި އެއަރކޮންޑިޝަންތައް އެއް އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)120/1/2016/43 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ތިން ފަރާތުން ހާޒިރުނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 04 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.
20 ޛުލްޤަޢިދާ 1437