މަސައްކަތް
ނަންބަރު: (IUL)23-OAA/23/2016/63
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 05 ސެޕްޓެންބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭނުމަށް ސެންޓުރަލް ސަޕުލައިގެ ގޯތިތެރޭގައި އިރުމަތީފަރާތުގައި ހަދާފައިހުރި ގުދަނުގެ އެތެރޭގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭނުމަށް ސެންޓުރަލް ސަޕުލައިގެ ގޯތިތެރޭގައި އިރުމަތީފަރާތުގައި ހަދާފައިހުރި ގުދަނުގެ އެތެރޭގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 އޮގަސްޓް 2016