މަސައްކަތް
ނަންބަރު: (IUL)120/1/2016/53
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 01 ސެޕްޓެންބަރު 2016 11:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލުގައި ގޮނޑި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހޯލުގައި ގޮނޑި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކާއި ވާރކްޝޮޕް ފަދަ ކަންކަން ބާއްވާ ހޯލްތަކުގައި ގޮނޑި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)120/1/2016/42 އިޢުލާނަށް ހުށަހެޅި އަންދާސީހިސާބު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 10:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 01 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016