މަސައްކަތް
ނަންބަރު: (IUL)28-FA-1/1/2016/74
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 29 އޮގަސްޓް 2016 10:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި މިހާރު ހުރި އާރު.އޯ ޕްލާންޓެއް އަޕްގްރޭޑްކުރުމަށާއި، އިތުރު އާރް.އޯ ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލްކުރުމަށާއި، މިރަށުގައި ސީ ވޯޓަރ ޕައިޕް ލައިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޅ.މާފިލާފުށީގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި މިހާރު ހުރި އާރު.އޯ ޕްލާންޓެއް އަޕްގްރޭޑްކުރުމަށާއި އިތުރު އާރް.އޯ ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލްކުރުމަށާއި މި ރަށުގައި ސީ ވޯޓަރ ޕައިޕްލައިން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 އޮގަސްޓު 29 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ސެޕްޓެންބަރު 01 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެ ކުރިން ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/64 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2016