ދިވެހިރާއްޖެ
އިޢުލާން
ކ. ތިލަފުށީ މަސްޖިދުލްއީޘާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު TCL/PROC-TA/2016/017) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ އަގުތަކެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިދެންނެވި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުން |
ޓީސީއެލް ހެޑްއޮފީސް |
- |
24 އޮގަސްޓު 2016 އިން 28 އޮގަސްޓު އަށް |
9:00 އިން 15:00 |
މަޢުލޫމާތުކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
29 އޮގަސްޓު 2016 |
13:00 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑްއޮފީސް |
ބުދަ |
31 އޮގަސްޓު 2016 |
14:00 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
06 ސެޕްޓެންބަރު 2016 |
14:00 ގައި |
މަޢުލޫމާތު ކަރުދާހުގެ އަގަކީ -/100 ރުފިޔާއެވެ.
- ބީލަން ހުށަހަޅާއިރު މަދުވެގެން -/15,000 (ފަނަރަ ހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
- ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އެޑްވާންސް ފައިސާއަށް އެދި ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް، ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ހަމަޖައްސައިދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވާ ފަރާތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމެންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
19 ޛުލްޤަޢިދާ 1437
Fen Building/ 4th floor ފެން ބިލްޑިންގ / 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldi އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513 ، 3307515 ފެކްސް: 3307514