މަސައްކަތް
ނަންބަރު: (IUL)459-A/1/2016/144
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 31 އޮގަސްޓް 2016 10:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ފިޔަވަތި ހިޔާގެ ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތި ހިޔާއަށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2016/114 އިޢުލާނުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

  • ފިޔަވަތި ހިޔާގެ މެއިންޓަނަންސްގެ މަސައްކަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތި ހިޔާގެ އެއަރ ކޮންޑިޝަންތައް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓު 2016 ވާ ބުދަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަންދާސީހިސާބު ހުށައަޅުއްވަންޖެހޭނީ ވަކިންނެވެ. އަދި  މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޛުލްޤަޢިދާ 1437

 

21 އޮގަސްޓް 2016