މަސައްކަތް
ނަންބަރު: (4)DS/2014/12
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 28 އޮގަސްޓް 2016 13:30
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާގެ ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ 2016 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު DS/2014/06(4) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގައި މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ބާޠިލުވެފައިވާތީ އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް މި ސްކޫލް ގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ މެންދުރުފަހުު 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.    

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016