ކުއްޔަށް ހިފުން
ނަންބަރު: (IUL)459-A/1/2016/149
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 25 އޮގަސްޓް 2016 13:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ވެހިކަލް ކުއްޔަށް ހިފުމަށް

އިޢުލާން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތި ހިޔާއަށް ވެހިކަލެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL)459-A/1/2016/110 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ވެހިކަލް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016