ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/210
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 30 އޮގަސްޓް 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓެންޓް

މަޤާމް :ޑެލިވަރީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިޢުލާން

60-އޭޑީއެމް/174/2016 ނަންބަރު އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:       ޑެލިވަރީ އެސިސްޓަންޓް ގރ.1  

އަދަދު:       01

މުސާރަ:      މަހަކު -/3240ރ

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯޓް / ޑެލިވަރީ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް މުދާ ޑެލިވަރ ކުރުމުގައި އެހީތެރިވުން

* އެސްޓީއޯއަށް ގެނެވޭ މުދާ، ކާޑުގެ ބާވަތް އަދި އެހެނިހެން ޝިޕްމަންޓްތައް ލޯޑްކުރުމާއި އަންލޯޑް ކުރުން                                  

* ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކުކޮށް ބެލެހެއްޓުން                                                               

* ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން

* ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި އަދި މީގެ އިތުރުންވެސް ފިހާރައިގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން 

ތަޢުލީމާއި ތަޖުރިބާ

* ގްރޭޑް 7 ނިންމާފައިވުން

* އިނގިރޭސި ބަހާއި ދިވެހިބަސް ލިޔަންކިޔަން އެނގުން.

* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

* މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041  
 

22 އޮގަސްޓް 2016