ވަޒީފާގެ ފުރުޞަތު
ނަންބަރު: 113-HR/I-2016/74
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 22 އޮގަސްޓް 2016 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޢެސިސްޓެންޓް ލޯޔަރ
ބޭނުންވާ އަދަދު :2

މަޤާމު

ޢެސިސްޓެންޓް ލޯޔަރ

މުސާރަ:

މަހަކު -/8000 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/10000 ރުފިޔާ)

އެހެނިހެން ޢިނާޔައްތައް:

މަހަކު -/4000 ރުފިޔާއާއި -/6000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓް                    

ޝަރުޠު:

- ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީއަތާ ޤާނޫނުގެ ދާއިރާއިން ޑިގްރީ ލެވެލްގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.

- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ވިޔަފާރީގެ އެކިއެކި މަޢުލޫމާތުތަކުގައި ކުންފުންޏަށް ލަފާދިނުމާއި، ކުންފުންޏަށް އެކިއެކި ފަރާތްތަކުން ދޭންޖެހޭ ފައިސާއާއި ތަކެއްޗާއި އަދި ޚިދުމަތް ހޯދުމާއި އެކިއެކި މަސައްކަތްތަކުގައި ކުންފުނީގެ ފަރާތުން ދައުވާ ހުށަހެޅުމާއި، ކުންފުންޏަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ކުންފުނީގެ ދިފާޢުގައި ވަކާލާތު ކުރުމާއި ނުވަތަ ކުންފުންޏަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކާއި އަދި ކުންފުނިން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާ ބެހޭގޮތުން ކުންފުންޏަށް ލަފާދިނުން.

- ކޯޓުތަކުގައާއި ސަަރުކާރު ހިއްސާވާ އެޖެންސީތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ތަމްސީލުކުރުން

- އެމްޕީއެލްއިން ހަދާ ޤާނޫނީ ލިޔުންތަކާއި ޕޯޓް ގަވާއިދުތަކާއި ޕޭޓެންޓް އެޕްލިކޭޝަންތަކާއި، ރަހުނާއި ލީސް އަދި ކޮންޓްރެކްޓްތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- ޤާނޫނީ ގޮތުން އެމް.ޕީ.އެލްގައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، ހިންގުމާއި ބެހޭ ކަންތައްތައް ކުރުން.

- ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާކުރުމާއި އަދި މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ އިޖުރާއި ކަންތައް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު        

މަޤާމް :ލޭބަރާރ (ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް)
ބޭނުންވާ އަދަދު :50
މަޤާމު ލޭބަރާރ (ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް)

ބޭނުންވާ އަދަދު

 -/50

މުސާރަ:

މަހަކު -/3072 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/3840 ރުފިޔާ)

އެހެނިހެން ޢިނާޔައްތައް:

މަހަކު -/2500 ރުފިޔާއާއި -/3500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

 ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް                    

ޝަރުޠު:

- ގްރޭޑް 8 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު މިފަދަ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

- އުސްތަންތަނަށް އަރައި އެ ތަންތަނުގައި މަސައްކަތްކުރެވޭނެ ފަދަ ޤާބިލު މީހެއްކަމުގައިވުން

- ބުރަ މަސައްކަތްކުރެވޭ ފަދަ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބޯޓް ފަހަރުން މުދާ ބޭލުމާއި މުދާ އެރުވުމުގެ މަސައްކަތްކުރުން

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:

 01 އަހަރުދުވަހުގެ މުއްދަތު

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު        

ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދި ހުށަހަޅާ ފޯމު

- ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާ ސެޓުފިކެޓުތައް އެކްރެޑިޓް ކުރައްވައި އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ސުންގަޑި:

2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ

22 އޮގަސްޓް 2016