ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2016/73
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 31 އޮގަސްޓް 2016 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން

ވަޒީފާގެ ފުރުޞަތު

އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ސްޓޭޝަން

ބޭނުންވާ އަދަދު

މަސައްކަތް ކުރަންޖެހޭ ތަން

ގދ. ތިނަދޫ ފަޔަރ ސްޓޭޝަން

1

ގދ. ތިނަދޫ

މަޤާމު:

އޮގްޒިލަރީ ފަޔަރމަން

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

 

  • ޖީ.ސީ.އީ އޯ ލެވެލް ފެންވަރު ހުރުން.
  • އިސްކޮޅުން 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖްރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 

އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ހާދިސާތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސް ތަންތަނަށް އަރައިއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލައި ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 31 އޮގަސްޓު 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ގދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601 އެކްސްޓެންޝަން 4281 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016