ދިވެހިރާއްޖެ
އިޢުލާން
އެސިސްޓެންޓް ޑިރެކްޓަރ އެމް.އެސް 3 |
މަޤާމު: ރޭންކް: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3 |
ކްލެސިފިކޭޝަން |
މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާ އެޓޮލްސް ޑިވެލޮޕްމަންޓް ސަރވިސަސް ސެކްޝަން |
އޮފީސް / އިދާރާ ސެކްޝަން |
މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާ މަހަކު -/7035 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: މުސާރަ: |
މަހަކު -/2000 ރުފިޔާ |
ސަރވިސް އެލަވަންސް: |
1 |
ބޭނުންވާ އަދަދު: |
1- ހިންގުމުގެ ދާއިރާއިންނާއި އައި.ޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- ހިންގުމުގެ ދާއިރާއިންނާއި އައި.ޓީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3- ހިންގުމުގެ ދާއިރާއިންނާއި އައި.ޓީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 4- ހިންގުމުގެ ދާއިރާއިންނާއި އައި.ޓީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 5- ހިންގުމުގެ ދާއިރާއިންނާއި އައި.ޓީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ ޝަރުޠުތައް:
|
1. ތަރައްޤީގެ ޕްލޭނަށާއި ފައިނޭންޝަލް ޕްލޭނަށް ބައްލަވައިގެން އަހަރީބަޖެޓުގައި ހިމަނަންޖެހޭ މަޝްރޫޢުތައް ބަޖެޓް ޔުނިޓަށް ހުށަހެޅުން. 2. ތަރައްޤީގެ ފަންޑުން ދޫކުރާ ލޯނުގެ ހިސާބުތައް ބަލައި ޗެކްކުރުން 3. އަހަރީބަޖެޓް ތައްޔާރުކުރުމުގެ ކުރިން ތަރައްޤީގެ ޕްލޭނަށާއި ފައިނޭންޝަލް ޕްލޭނަށް ރިޢާޔަތްކޮށް މަސައްކަތުގެ ތާވަލް އެކުލަވާލުން. 4. ތަރައްޤީގެ ލޯނަށް އެދި ހުށަހަޅާ ލޯނުފޯމުތައް ބަލައި ޗެކްކުރުން. 5. އެޓޮލްސް ޑިވެލޮޕްމަންޓް ސަރވިސަސް ސެކްޝަންގައި ހިމެނޭ 3 ޔުނިޓުގެ މަސައްކަތް (އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް، ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓް، އެޓޮލްސް ޑިވެލޮޕްމަންޓް ޔުނިޓް) ގެ މަސައްކަތް ކައުންސިލުގެ ރައީސާއި ނައިބުރައީސް އަދި މެމްބަރުންގެ އިރުޝާދާއި، ކައުންސިލުގެ ޒިންމާދާރުވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން އެޓޮލްސް ޑިވެލޮޕްމަންޓް ސަރވިސަސް ސެކްޝަންގައި ހިމެނޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ރާވައި ހިންގުން. 6. ކޮންމެ އަހަރެއްގެ ބަޖެޓް ހަދާއިރު ކައުންސިލުގެ އިދާރާއަށާއި އަތޮޅުގައި ހިންގަންޖެހޭ ޕްރޮގްރާމުތަކަށް ބަލައި ޕީއައި.އެސް.ޕީގައި ހިމަނަންޖެހޭ ޕްރޮޖެކްޓްތައް ބަލައި ކައުންސިލަށް ހުށަހަޅުއްވައި، ކައުންސިލުން ނިންމަވާގޮތެއްގެ މަތިން ތަންފީޛުކޮށް ބަޖެޓް ސެކްޝަނަށް ހުށަހެޅުއްވުން. 7. އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ، މަތީގައި ބަޔާންކޮށްފައިވާ މަސައްކަތާއި އަދި މިނޫނަސް ޢަދުލު އިންސާފުން މަސައްކަތް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ތަޢުލީމާއި ތަމްރީނު %50 މަސައްކަތު ތަޖުރިބާ % 12 މަސައްކަތުގެ ހުނަރާއި ފެންވަރުގެ ޤާބިލުކަން %38 |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މިމަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެޓިކަލްސް 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 21:00 ގައި މާލެއަތޮޅު އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މި ތާރީޚަށް ބަދަލު އަންނަނަމަ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް މި އިދާރާއިން އެކަން އަންގަވާނެ ކަމުގައި ދަންނަވަމެވެ. |
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: |
ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 31 ވަނަ ދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 14:00 އަށް މާލެއަތޮޅު އަތޮޅުކައުންސިލުގެ އިދާރާއިންނެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދުދުވަހުގެ ފައިސާއާއި އަދި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ. | އުޖޫރައާއި އިނާޔަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
15 ޛުލްޤަޢިދާ 1437