ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23/-MMDC/23/2016/54
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 04 ސެޕްޓެންބަރު 2016 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: (IUL)23/-MMDC/23/2016/15 (29 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މިއާއެކު ކައުންސިލުގައި ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލަމެވެ.

ކައުންސިލުގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލާއި ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެންބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް)

ބޭނުންވާ އަދަދު

1

ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (މެޑިކަލް/ޑެންޓަލް ޕްރޮފެޝަން އިން ހޯދާފައިވާ ސެޓުފިކެޓު)

އެމް.ބީ.ބީ.އެސް/ޑެންޓަލް ޑިގްރީ ފެންވަރު – 30 މާކްސް

ސްޕެޝަލިސްޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު - 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު – 75 މާކްސް

މަސައްކަތު ތަޖުރިބާ (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (7) ގައިވާ މެންބަރު (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް)

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓުފިކެޓު)

އަންޑަރ ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 20 މާކްސް

ޑިގްރީ ފެންވަރު – 30 މާކްސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޕަބްލިކް/ޕްރައިވެޓް ސެކްޓަރގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

މާކްސް ދިނުމާއި އިންޓަރވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
  2. ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގައި އެ ޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަރވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާ ގުޅިގެން، އަލުން އިޢުލާނުކުރާގޮތަށް ކަނޑައެޅުމުގެ އިޚުތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  5. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރުވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަރވިއު ކުރުމަށްފަހުގައެވެ.

މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާ މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤްރާރު (އިޤްރާރުފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

4 ސެޕްޓެންބަރު 2016 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގެ ކައުންޓަރަށް) އަށް ހުށަހެޅުއްވުން، ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން. (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއަށް ލިބުނުކަން އަންގާނެވާހަކަ ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)

އިތުރު މަޢުލޫމާތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 އަދި 3014480 އެވެ.

18 އޮގަސްޓް 2016