ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޮއިމަންޓް އުސޫލުން 1 އަހަރުދުވަހަށް މަސައްކަތު މީހުން ހޯދުން:
މަޤާމު: |
ވަގުތީ މަސައްކަތު |
|||
ބޭނުންވާ އަދަދު: |
5 |
|||
މަޤާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކ.މާފުށީ ކުރީގެ ހުކުރު މިސްކިތް، މަސްޖިދުލްފާރޫޤް، ކަތީބު ޙުސައިންމަނިކު މިސްކިތް |
|||
މަޤާމުގެ މަސްއޫލިއްޔަތުތައް: |
އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ މީހުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. |
|||
ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު: |
ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާ ގޮތަށް. |
|||
މަޤާމު: |
ރޭންކް |
ކްލެޝިފިކޭޝަން |
ޝަރުޠު |
މަސައްކަތް ކުރާ ގަޑިއިރަކަށް |
މިސްކިތު މަސައްކަތު |
އެސް.އެސް.1 |
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން. |
29/22 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އިންޓަރވިއުއަށް ބެލެވޭނެއެވެ. |
|||
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
* ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) * ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދާއިރާއާ ގުޅޭ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް. * މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިފްޓުގެ ކޮޕީ. * ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުންނަ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) * ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކާއި، ސެޓުފިކެޓުތަކުގެ ކޮޕީ. * މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. * ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް) |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
|||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6640073 ނަންބަރު ފޯނާއެވެ. |
|||
ނޯޓް: މިއިދާރާގެ ނަންބަރު: (IUL)337/337/2016/32 (4 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. |