މަޤާމު:
|
ކައުންސިލަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 1
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ސްކޫލުގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި، މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ސްކޫލުގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރުކޮށް، އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ސްކޫލުގައި އަމާންހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
- ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް، އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު، އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓު ފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން.
- ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
- ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
- މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތުގެ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
|
އިންޓަރވިއުކުރުން:
|
- މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ، 30 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
|
ނޯޓް:
|
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6820029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|