ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު |
އެކައުންޓްސް އޮފިސަރ |
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް |
MS2 |
ސަރވިސް |
ޓެކްނިކަލް ސަރވިސް |
ޑިޕާޓްމަންޓް / ސެކްޝަން |
ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން |
ބޭނުންވާ ޢަދަދު |
1 |
މުސާރަ |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ތަޢުލީމާއި ތަޖުރިބާ |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ މުސާރަތައް ހެދުމާއި، ފިނޭންސް މިނިސްޓްރީއަށް ޕޯސްޓްކުރާ ޕޭމަންޓް ވައުޗަރުތަކުގެ ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުން. 2- ބަޖެޓް ސެކްޝަންގެ އެންޓްރީ ބެލެހެއްޓުމާއި ފައިލުކުރަންޖެހޭ ލިޔުންތައް އެންޓްރީން ކަނޑައި ފައިލުކުރުމަށް ހަވާލުކުރުން. 3- ފިނޭންސް މިނިސްޓްރީއަށް ކޮންމެ މަހަކު ފޮނުވަންޖެހޭ ޚަރަދުގެ ބައިތަކުގެ ރިޕޯޓު ތައްޔާރުކުރުން 4- ޑިރެކްޓަރ ޖެނެރަލް ލަފާގެމަތިން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ ދުވަހު 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަޙްމަދު މަގު) އަށް |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ). 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ). 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާއަދާކުރާ އޮފީހުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީ. 7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތާއި އަދާކޮށްފައިވާ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ - މަސައްކަތު އަޚުލާޤު - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް - ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު. |
އިންޓަވިއު ކުރުން |
މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ 4 ސެޕްޓެންބަރު 2016 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެ މީހަކަށް އަންގާނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން |
މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަން ޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ. |
18 ޛުލްޤަޢިދާ 1437