މަސައްކަތް
ނަންބަރު: (IUL)23-OAA/23/2016/60
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 01 ސެޕްޓެންބަރު 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންނާއި، ޕިކަޕް ދަތުރުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންނާއި، ޕިކަޕް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/1/2016/107 (24 ޖުލައި 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

21 އޮގަސްޓް 2016