މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 1
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ސްޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
|
މުސާރަ:
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ހަވާލު ކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
- މި މަރުކަޒަކީ ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ތަނަކަށް ވުމާއެކު، މަރުކަޒުގެ ތެރޭގައި އުޅޭ އުޅުމުގައި އެހެން މީހުންނާ ރީތިބަހުން މުޢާމަލާތްކުރުން.
- ކޮންމެ ދުވަހަކުވެސް ކިޔެވުން ފެށްޓުމުގެ ކުރިން މަރުކަޒުގެ ކްލާސްރޫމްތަކުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމަށްފަހު ހަވާލު ކުރެވިފައިވާ ކްލާސްރޫމްތައް ބަރާބަރަށް ކުނިކަހައި ފޮޅައި ސާފުކުރުން.
- މަރުކަޒުގެ ގޯތިތެރެއިން ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު، ދުވަހުން ދުވަހަށް ބަރާބަރަށް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ގޯތިތެރޭގައި ހުންނަ ގަސްތަކާއި ބަގީޗާތައް ބެހެލެއްޓުން
- މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު:
|
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
|
އިންޓަރވިއުކުރުން:
|
- މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ، 30 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
|
ނޯޓް:
|
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެންއިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6820029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|