ދިވެހިރާއްޖެ
އިޢުލާން
2016 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުން
2016 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގޭ އެކި ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވާ މަހާސިންތާއެއް އަންނަ ސެޕްޓެންބަރުމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިޙަފުލާގެ ސެޓަޕް ހަދައި، ކޭޓަރ ކުރުމާއި، ޙަފުލާގެ ކަންތައްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން މިމިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
14 ޛުލްޤަޢިދާ 1437