ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 153-FE/2015/24
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 25 އޮގަސްޓް 2016 10:30
ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެބޯރެޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސް އަދި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ފެކަލްޓީގެ ލެބޯޓަރީއަށް ބޭނުންވާ އިކުއިޕްމެންޓާއި ރީއޭޖެންޓްސް އަދި ބައެއް ކެމިކަލް ފަދަ ތަކެތި ގަތުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016