ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)416ESMED/416/2016/68
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 28 އޮގަސްޓް 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމަށް

އިޢުލާން

ޕިކަޕެއް ގަންނަން ބޭނުންވެއްޖެ:

މި އިދާރާއަށް ބްރޭންޑް ނިއު ނުވަތަ ރިފަރބިޝްޑް (1 ޓަނު، 1.5 ޓަނު ނުވަތަ 2 ޓަނުގެ) ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ޕިކަޕް ވިއްކުމަށް އަންދާސީހިސާބު ހުށަހަޅާނީ ބްރޭންޑް ނިއު އަދި ރިފަރބިޝްޑް އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ. އަގު ހުށަހަޅަންވާނީ 1 ޓަނާއި 1.5 ޓަނާއި 2 ޓަނުގެ ޕިކަޕުގެ އަގު ވަކިވަކިން އެނގޭގޮތަށެވެ.

ހުށަހަޅަންވީ ތަކެތި:

  • ޕިކަޕް ވިއްކޭނެ އަގު (ގދ. މަޑަވެއްޔަށް ގެނައުމާއެކު)
  • ސަޕްލައިކޮށްދެވޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ވޮރެންޓީ ލިޔުން
  • ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ) އެހެން ފަރާތްތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީ.އެސް.ޓީގެ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން ނުވަތަ އަމިއްލަ ޕިކަޕެއް އޮތްކަން އެނގޭނޭ ލިޔުމެއް ހުށަހެޅުން އެދެމެވެ.

ވީމާ، މި އިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 11:00 އަށް މި އިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ނަންބަރު 6840006 ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު:

އަގަށް: 70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)

މުއްދަތަށް: 15 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް)

ތަޖުރިބާ: 05 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް)

ވޮރެންޓީ: 10 ޕޮއިންޓް (އެންމެ ދިގު މުއްދަތަށް ވޮރެންޓީ ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭ ގޮތަށް)

18 އޮގަސްޓް 2016