މަސައްކަތް
ނަންބަރު: (IUL)23-OAA/23/2016/61
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 04 ސެޕްޓެންބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މ.ވޭވަށް އަދި ރަތްމަންދޫ ޞިއްޙީ މަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މ.ވޭވަށް އަދި ރަތްމަންދޫ ޞިއްޙީ މަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/1/2016/106 (24 ޖުލައި 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ މ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މ.ވޭވަށް ނުވަތަ މ.ރަތްމަންދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ މ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މ.ވޭވަށް ނުވަތަ މ.ރަތްމަންދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

21 އޮގަސްޓް 2016