ނޫސްބަޔާން
ނަންބަރު: PR-BLS/2016/18
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:55
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޫސް ބަޔާން
ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކިންގ ވިޔަފާރި ފެށުމަށް ދީފައިވާ މުއްދަތު އިތުރުކުރުން
ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްް ރާއްޖޭގައި ބޭންކެއް ހުޅުވުމަށް ބޭނުންވާ ލައިސަންސް 16 މޭ 2016 ގައި ވަނީ މި އޮތޯރިޓީން ދޫކޮށްފައެވެ. މި ލައިސަންސް ދޫކޮށްފައި ވަނީ ބޭންކުގެ ޚިދުމަތް 15 ސެޕްޓެންބަރު 2016 ގެ ނިޔަލަށް ފެށުމަށް ޝަރުޠުކޮށްފައެވެ.
ނަމަވެސް، މި ތާރީޚުގެ ކުރިން އެ ބޭންކުގެ ޚިދުމަތްތައް ދޭން ފެށުމަށް ދަތިތަކެއް ހުރުމުން، އެ ބޭންކުގެ ޚިދުމަތް ދޭން ފަށަންޖެހޭ މުއްދަތު 26 ސެޕްޓެންބަރު 2016 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން އާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
19 ޛުލްޤަޢިދާ 1437
22 އޮގަސްޓް 2016