ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާ މޯލްޑިވިއަން ސީޕްލޭން ބޭސްގައި ކޮންޕްރެސަރ ރޫމެއް، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 9:00 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ. ރާވެރިގެ، (މަޖީދީމަގު) ގައި އޮންނާނެއެވެ. އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމަށް ބޭއްވޭ ސެޝަން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 9:00 ގައި މި އޮފީހުގައި އޮންނާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ޛުލްޤަޢިދާ 1437