ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-G/1/2016/26
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 22 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވެލިޔު އެޑެޑް ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން

އިޢުލާން

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވެލިޔު އެޑެޑް ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީގައި މި މިނިސްޓްރީއިން ހިންގަމުންގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ސުރުޚީގައި ދެންނެވިފައިވާ ލޯނުގެ ފުރުޞަތު 2016 އޮގަސްޓު 22 އިން ފެށިގެން ހުޅުވާލަމެވެ. އަދި، މި ލޯނަށް އެދުމުގެ އެންމެފަހުގެ ތާރީޚަކީ 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 އެވެ.

މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި، ލޯނަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް (www.fishagri.gov.mv) އިން ލިބެން ހުންނާނެއެވެ.  

ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، މި މިނިސްޓްރީގެ ރިސެޕްޝަން (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އިންނެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅުއްވަންވާނީ، ފޯމު ބަލައިގެންފައި ދޭ ސްލިޕްކޮޅު ފޯމުން ވަކިކުރެއްވުމަށްފަހު، ފޯމު ސިޓީއުރައެއްގައި ބަންދުކުރައްވައި، ސިޓީއުރައިގެ ބޭރުގައި "ފަޑިޕް ލޯން" މިހެން ޖެއްސެވުމަށް ފަހުގައެވެ. އަދި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކޮށް، ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

މި ލޯނާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިންނާއި ފޯނު ނަންބަރު 3341836 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

19 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016