ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2016/55
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 04 ސެޕްޓެންބަރު 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: (IUL)23-OAA/1/2016/88 (10 ޖުލައި 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ތިރީގައި ދަންނަވާ ދާއިރާއަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މިއާއެކު ކައުންސިލުގައި ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލަމެވެ.

ކައުންސިލުގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް)

ބޭނުންވާ އަދަދު

1

ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓުފިކެޓު)

ޑިޕްލޮމާ ފެންވަރު – 25 މާކްސް

ޑިގްރީ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

ބޭނުންވާ ދާއިރާ

ދިވެހި ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ މީހެއް

  • އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.
  • ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
  • ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
  • ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލް
  • ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
  • މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
  • ޓްރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
  • ފާމަސީ ޕްރޮފެޝަނަލުން.
  • ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން.
  • މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.

ނޯޓް: މިހާރު ކައުންސިލުގެ މެމްބަރުންގެ ތެރެއިން، ނުހިމެނޭ ދާއިރާތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތައް

އެޑްވާންސް ސެޓުފިކެޓު ލެވެލް 10 މާކްސް (ޓްރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)

       ޑިޕްލޮމާ 20 މާކްސް

       ޑިގްރީ 30 މާކްސް

       މާސްޓަރސް ޑިގްރީ 40 މާކްސް

       ޕީ.އެޗް.ޑީ 50 މާކްސް

ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތައް:

ޑިޕްލޮމާ ލެވަލް 05 މާކްސް

ޑިގްރީ ލެވަލް 10 މާކްސް

މާސްޓަރސް ލެވަލް 15 މާކްސް

ޕީ.އެޗް.ޑީ ލެވަލް 20 މާކްސް

މަސައްކަތުގެ ތަޖުރިބާ (ދާއިރާގެ މަސައްކަތުގެ ތަޖުރިބާ)

5 އަހަރުދުވަހުގެ ތަޖުރިބާ 10 މާކްސް

7.5 އަހަރުދުވަހުގެ ތަޖުރިބާ 20 މާކްސް

10 އަހަރުދުވަހުގެ ތަޖުރިބާ 30 މާކްސް

12 އަހަރަށްވުރެ މަތީގެ ތަޖުރިބާ 50 މާކްސް

އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ އިންޓަރވިއު ކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެއް ހޮވުން.

މާކްސް ދިނުމާއި އިންޓަރވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
  2. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަރވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނުކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާ ގުޅިގެން، އަލުން އިޢުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިޚުތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރުވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަރވިއު ކުރުމަށްފަހުއެވެ.

މަޤާމަށް ކުރިމަތިލާ  މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލުގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤްރާރު (އިޤްރާރުފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ، އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން  (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

4 ސެޕްޓެންބަރު 2016 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން، ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން. (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއަށް ލިބުނުކަން އަންގާނެވާހަކަ ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެވުން އެދެމެވެ.)

އިތުރުމަޢުލޫމާތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 އަދި 3014480 އެވެ.

18 އޮގަސްޓް 2016