ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2016/215
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 22 ސެޕްޓެންބަރު 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,203/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ

ބޭނުންވާ އަދަދު

01 (އެކެއް)

ޝަރުޠު

1. ސައިންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސައިންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. ސައިންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ

4. ސައިންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރު ކުރަންޖެހޭ އެގްރީމެންޓް ފަދަ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެހީތެރިވެދީ، އެޕްރޫވް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.

2- ކަނޑައެޅިފައިވާ ގޮތުގެ މަތިން މަޝްރޫޢުތަކުގެ ރިވިއު (ކުއަރޓަލީ އަދި މަންތްލީ) ރިޕޯޓު ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން އެކަންކަމުގައި އެހީތެރިވުމާއި، އެ ކަންކަމާ ގުޅޭގޮތުން  ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ޔައުމިއްޔާ ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

3- ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ އަޕްޑޭޓް ކޮންމެ ހަފުތާއެއްގައި ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4- ޔުނިޓުން ކުރިއަށްގެންދެވޭ މަޝްރޫޢުތަކާ ގުޅިގެން ވަޑައިގަންނަވާ ބޭރުގެ ކޮންސަލްޓެންޓުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޮންސަލްޓެންޓުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

5- ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ލިބޭ ލިޔެކިޔުންތަކަށް އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް ޖަވާބު ދިނުން.

6- ފެނާއި ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ބައްދަލުވުމުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

7- ޕްރޮޖެކްޓާ ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ބޭނުންވާ އެހީތެރިކަން ދިނުން.

8- ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ކޮންސަލްޓެންޓުންނާއި ކޮންޓްރެކްޓަރުންނާއެކު ދުވަހުން ދުވަހަށް ކުރަންޖެހޭ މުޢާމަލާތުތައް ކޮށް، މަޝްރޫޢުތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުން.

9- މަތީގައިވާ ކަންކަމުގެ އިތުރުން، ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ޒިންމާދާރުގޮތެއްގައި އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ މިންވަރު.
  2. ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 

- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ސުންގަޑި:  

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާން ކުރުން 25 ސެޕްޓެންބަރު 2016 އާއި 13 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016