ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2016/165
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 28 އޮގަސްޓް 2016 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޗީފް އިންޓަރނަލް އޮޑިޓަރ

މި މިނިސްޓްރީގެ އިންޓަރނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޜަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އޮޑިޓް އަދި އެކައުންޓިންގގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ އަދި މި މަސައްކަތާގުޅޭ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޗީފް އިންޓަރނަލް އޮޑިޓަރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

17 އޮގަސްޓް 2016