ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2016/187
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 23 އޮގަސްޓް 2016 12:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސާވަރއެއް ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ސާވަރއެއް ގަތުމަށް ބޭނުންވެއްޖެ

ށ. އަތޮޅުމަދަރުސާއަށް 1 ސާވަރ ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/174 އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 23 ވަނަ ދުވަހުގެ 12:00 އަށް

2016 އޮގަސްޓު 29 ވަނަ ދުވަހުގެ 12:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ، 3341403 ނަންބަރު ފޯނާއެވެ.

18 އޮގަސްޓް 2016