ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އަޑުއެހުމުން މަޙުރޫމު ވެފައިވާ ކުދިންނަށް ޚާއްޞަކޮށްގެން މި ސްކޫލުގައި ހިންގާ ކްލާސްރޫމްތަކުގައި ނޮވިލޯން އަޅައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ސްކޫލުން ކުރި ނަންބަރު: JS-B/2016/17 (11 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
15 ޛުލްޤަޢިދާ 1437