މަސައްކަތް
ނަންބަރު: (IUl)14-PR/1/2016/49
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 28 އޮގަސްޓް 2016 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ސާމާނު ގަތުމާބެހޭ

އިޢުލާން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މިއޮފީހަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ބައެއް ސާމާނު ގަންނަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 އޮގަސްޓު 2016 ވާ އާދީއްތަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

15 ޛުލްޤަޢިދާ 1437

18 އޮގަސްޓް 2016