މަސައްކަތް
ނަންބަރު: (IUL)30-A2/30/2016/76
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 24 އޮގަސްޓް 2016 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފޯނު ސިސްޓަމް 3CX ސިސްޓަމަށް ބަދަލުކުރުމަށް

މިނިސްޓްރީގައި މިހާރު ބޭނުންކުރެވޭ ފޯނު ސިސްޓަމް 3CX ސިސްޓަމަށް ބަދަލުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 30-A2/30/2016/67 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 9:00 އަށް

2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. 

18 އޮގަސްޓް 2016