މަސައްކަތް
ނަންބަރު: (IUL)138-PS2/138/2016/116
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 04 ސެޕްޓެންބަރު 2016 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެންޑިންގ މެޝިން ބެހެއްޓުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން، ޤައުމީ ދާރުލްއާސާރު ކަންމަތީގައި ތަރައްޤީކުރަމުންދާ މައިޒާނުގައާއި، ސޯސަންގޭގެ ބައެއްގައި ތަރައްޤީކުރަމުން ގެންދާ މައިޒާނުގައި އަމިއްލަ ޚަރަދުގައި ވެންޑިންގ މެޝިން ބަހައްޓައި އަދި އޮޕަރޭޓްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން

ވެންޑިންގ މެޝިން ބެހެއްޓުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް 2016 އޮގަސްޓު 23 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މިކަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމް 3 ގައި އޮންނާނެއެވެ.

  • ޕްރޮޕޯސަލް ހުށަހެޅުން

ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 އެވެ. މީގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު

މާފަންނު 20392 ، މާލެ

ޓެލެފޯން: 3004120, 3004366

ފެކްސް: 3004301

އީމެއިލް: [email protected][email protected]

15 ޛުލްޤަޢިދާ 1437      

                                                           

 

18 އޮގަސްޓް 2016