ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ އަހަރީ ރިޕޯޓު ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.
އަދަދު: 150 ކޮޕީ
ސައިޒް: A4 ސައިޒް (210mm x 297mm)
ސަފުހާގެ އަދަދު: 196 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)
ކަރުދާސް: ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް
އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް
ޕްރިންޓް: ހުރިހާ ގަނޑެއް ކުލަކޮށް
ފިނިޝިންގ: ޕަރފެކްޓްލީ ބައުންޑް
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚު | ދުވަސް | ވަގުތު | |
އަންދާސީހިސާބު ހުށަހެޅުން | 24 އޮގަސްޓު 2016 | ބުދަ | 15:30 |
މާރކްސް ދޭނެގޮތް:
- އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ޑެލިވަރީ މުއްދަތު: %20 (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ތަޖުރިބާ: (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)
- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފުސީލު
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖުރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)
- ކުންފުނި ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
- ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރު
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ.
14 ޛުލްޤަޢިދާ 1437