މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/167
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 06 ސެޕްޓެންބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދެ ރަށަކަށް (ށ.މިލަންދޫ އަދި ށ.ކޮމަންޑޫއަށް) ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދެ ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް:- (ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް - އޮފިޑް ފޭސް 2 ލޯކަލް ކޮމްޕޮނަންޓް):

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ދެ (2) ރަށަކަށް (ށ. މިލަންދޫ އަދި ށ. ކޮމަންޑޫ އަށް) ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2015/103 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 18 އޮގަސްޓު 2016 އިން 06 ސެޕްޓެންބަރު 2016އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ދެ ޓެންޑަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުންވެސް މި ޓެންޑަރގައި އަލުން ރަޖިސްޓަރީކުރަން ޖެހޭނެއެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349191    3349106

ފެކްސް  : 3320706    3324432

އީމެއިލް  : [email protected]

ކޮޕީ    : [email protected]

5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ.

6. މި ޕްރޮޖެކްޓަށް -/25,000 (ފަންސަވީސްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށައަޅާ ތާރީޚުންފެށިގެން 119 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަންގެ ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

17 އޮގަސްޓް 2016