ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 049
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 23 އޮގަސްޓް 2016 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ - އިންފޮމޭޝަން ސިސްޓަމް

މަޤާމު: ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމް

ތަޢުލީމާ ތަޖުރިބާ:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން
  • މައިކްރޯސޮފްޓް ނުވަތަ ސިސްކޯ ޕްރޮފެޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި މިމުއްދަތުގައި އިންފޮމޭޝަން ސިސްޓަމް މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން ދެ އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް ސަރވަރ/ކްލައިންޓް ސިސްޓަމްސް އަދި ލިނަކްސް ސިސްޓަމްސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ނެޓްވާރކް (ޑޭޓާ/ޓެލެފޯނު)، ހާރޑްވެއަރ، ސޮފްޓްވެއަރގެ މައްސަލަތައް ހައްލު ކުރަން އެނގުން.
  • ވީ.އެމް ވެއަރ ވަރޗުއަލައިޒޭޝަން ޕްލެޓްފޯރމްސް، ސިސްކޯ، އަދި ސެންޓްރަލީ މެނޭޖް ކޮށްފައިވާ ވައި-ފައި ނެޓްވާރކްސް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން.
  • އިނގިރޭސިބަހާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުމާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހުރިހާ އިންޓަރނަލް/އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.
  • ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނިޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން، ޑޭޓާ ބެކްއަޕް ކުރުން.
  • ސްޓޭންޑަރޑް ކޮންފިގަރޭޝަންތައް ބަލަހައްޓާ، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައިޓީ ހުރިހާ ކަންތައްތައް ބެލެހެއްޓުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮގަސްޓު 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.

ވަޒީފާއަށްއެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 އޮގަސްޓް 2016