ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/1/2016/1
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 29 އޮގަސްޓް 2016 14:00
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ސީނިއަރ މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: EX1

ޑިވިޝަން

ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް މީހުން/ ކުދިން އޯ.ޕީ.ޑީ ގައި ބެލުން.
  2. ވޯޑުގައި ލޭ ގުޅައިގެން ތިބޭވަގުތު ލޭ އެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތްތަކަށް ފަރުވާ ދިނުން.
  3. ލޭ އެޅުމަށް އަންނަ ތެލަސީމިއާ ކުދިންގެ ތެރެއިން އެހެނިހެން ބަލި ހުންނަ ކުދިން ލޭ ގުޅުމުގެ ކުރިން ބަލައި ޗެކުކުރުން.
  4. ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުން.
  5. ބްލަޑް ބޭންކްގައި ޑޯނަރަށް ދިމާވާ ކުއްލިހާލަތަށް ފަރުވާ ދިނުން.
  6. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް އާއި ބްލަޑް ޑޮނޭޝަން އެވެއަރނަސް މެޓީރިއަލް ތައްޔާރު ކުރުމާއި، އެވެއަރނަސްތައް ދިނުމާއި، ބްލަޑް ކޭމްޕް ދަތުރުތަކުގައި ބައިވެރިވުން.
  7. ތެލަސީމިއާ ކުއްޖެއް ނުވަތަ ޑޯނަރަކަށް އެއްވެސް އިމަޖެންސީ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަން ލަސްނުކުރައްވައި ވެރިއަކަށް އެންގުމާއި، އެކަމާ ގުޅިގެން ނަގަންޖެހޭ ފިޔަވަޅުތައް ވަގުތުން ނެގުން.
  8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސަގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ މަހަކު (ރުފިޔާ)

ސަރވިސް އެލަވަންސް ދުވާލަކު (ރުފިޔާ)

ސީނިއަރ މެޑިކަލް އޮފިސަރ

ޖެނަރަލިސްޓް މެޑިކަލް ޕްރެކްޓީޝަން

CS14-5

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް 14-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/22,040

 

-/205 ރުފިޔާއާއި -/275 ރުފިޔާއާ ދެމެދު

 

CS14-4

 

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް 14-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/21,070

 

-/205 ރުފިޔާއާއި -/275 ރުފިޔާއާ ދެމެދު

CS14-3

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް 14-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/20,110

-/205 ރުފިޔާއާއި -/275 ރުފިޔާއާ ދެމެދު

CS14-2

 

މެޑިކަލް އޮފިސަރ، ސީ އެސް 12-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/19,230

-/205 ރުފިޔާއާއި -/275 ރުފިޔާއާ ދެމެދު

މަޤާމު:

ރެޖިސްޓަރޑް ނާރސް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ނާރސިންގ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޯނަރުންގެ ގައިން ރައްކާތެރިކަމާއެކު ލޭ ނެގުމާއި، ޑޯނަރ ކެއަރ ރަނގަޅަށް ދިނުން.
  2. ލޭ ގުޅައިދިނުމާއި، ޑެސްފަރޯލް ގުޅައިދިނުމާއި، ޑޮކްޓަރު އަންގަވާ ގޮތެއްގެ މަތިން ކުދިންގެ ޓެމްޕަރޭޗަރ ނެގުމާއި، ޕޭޝަންޓް ކެއަރ ރަނގަޅަށް ދިނުން.
  3. ވޯޑްގައި ދޭންޖެހޭ ފަރުވާއާބެހޭ ހުރިހާ ކަމެއް ނާރސިންގ ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  4. ބްލަޑް ކޭމްޕް އަދި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ދަތުރުތަކުގައި ބައިވެރިވުން.
  5. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ނާރސިންގގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓަރީކޮށް ބްލަޑް ސާމްޕަލްތައް ނެގުން.
  2. ތެލެސީމިއާ ސްކްރީންކުރުމާއި، ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  3. ތެލެސީމިއާ ސްކްރީންކުރާ ފަރާތްތަކުގެ ރިޕޯޓުތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  4. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  5. ލެބޯރެޓަރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްތަކާ، ގައިޑްލައިންތަކާ، އެސް.އޯ.ޕީ ތައް ލިޔެ ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން.
  6. ޑޯނަރުންނާއި ޕޭޝަންޓުންގެ އެންޓިބޮޑީ ސްކްރީންކުރުމާއި ރިޕޯޓު ތައްޔާރުކުރުން.
  7. ލޭ ބޭނުންވާ ފަރާތްތަކަށް މެދުނުކެނޑި ލޭ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ލޭ ހޯދުމަށްޓަކައި ހިންގޭ ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން.
  8. ޕޭޝަންޓުންގެ ކްރޮސް މެޗް ހަދައި ރިޕޯޓު ތައްޔާރުކުރުން.
  9. ޓީ.ޓީ.އައި ސްކްރީނާއި އެންޓިބޮޑީ ސްކްރީނިންގއާއި ކްރޮސް މެޗް ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެޑްމިނިސްޓްރޭޓިވް އަދި ހިއުމަން ރިސޯސް މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަންދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމު:

އެސިސްޓެންޓް ޑޯނަރ ރެކްރޫޓްމަންޓް އޮފިސަރ

ބޭނުންވާ އަދަދު 

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ހޯދޭ ހުރިހާ ތަކެތި އަމާނާތްތެރިކަމާއެކު، ސްޓޮކްކޮށް ބެލެހެއްޓުން
  2. ސްޓޮކަށް ލިބޭ ތަކެއްޗާއި ސްޓޮކުން ދޫކުރާ ތަކެތީގެ ލިޔެކިޔުންތައް ތައްޔާރުކޮށް ފައިލުކޮށް ބެލެހެއްޓުން.
  3. މޯލްޑިވިއަން ބްލަޑްސަރވިސަސްއަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ތައްޔާރުކޮށް ފޮނުވުން.
  4. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާބެހޭ މަސައްކަތްތައް ކުރުން.
  5. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހުރިހާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ތަކެތި ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުން.
  6. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުން.
  7. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސްޓޮކް ރިޕޯޓު މަހުންމަހަށް ތައްޔާރުކޮށް ޕްރޮކިއުމަންޓަށް ފޮނުވުން
  8. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސްޓޮކްގައި ހުރި ނައްތާލަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ނައްތާލުމާއި، ނީލަން ކިޔުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  9. ތެލެސީމިއާ ކުދިންގެ ފަރުވާއާ ގުޅޭގޮތުން އަތޮޅުތެރެއަށް ފޮނުވަންޖެހޭ ތަކެތި ގަވާއިދުން ފޮނުވުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް ނުވަތަ އިދާރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ސައިޓުން ލިބެން ހުންނާނެއެވެ.) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސިބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.
  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާންމަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

  • 2016 އޮގަސްޓު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު).

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.

 

16 އޮގަސްޓް 2016