މަސައްކަތް
ނަންބަރު: (IUL)GZS/2016/68
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 19:12
ސުންގަޑި: 30 އޮގަސްޓް 2016 10:30
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ރިފްރެޝްމަންޓް ތައްޔާރުކުރުން

މި ސްކޫލްގެ 2016 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު (IUL)GZS/2016/66 އިޢުލާނަށް އެކަށީގެންވާ ޢަދަދަކަށް ބިޑު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލްގެ 2016 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރެޝްމަންޓް ތައްޔާރުކޮށް ކޭޓަރ ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

17 އޮގަސްޓް 2016